ފަޅޮލާއި ގެރިކިރުން ހާޖަތަށް ދިއުމުގެ ފަސޭކަން "ޔޫވީ" ޓީމަށް
އެންމެފަހުން "އުޖާލާވިދުވަރު" ބްލޮގްގައި ކޭލިޖަމިއްޔާއާއި ގުޅޭގޮތުން ޝާއިޢުކޮށްފައިވާ ލިޔުމުގައި މައިގަނޑު ގޮތެއްގައިވަނީ ރަށުގެ ޒުވާންޖީލު ނިކުމެ ޖަމިއްޔާ ބަލިކަށިވެގެންދާހިނދު ކުރިއަރުވަން މަސައްކަތްކުރާތީ އެބުނާ ހިތްވަރުގަދަ "ޔޫވީ" ޓީމަށް ހަޖަމްނުކުރެވިގެން އުޅޭވާހަކައެވެ. "ޔޫވީ" ޓީމަށް ބިރުންގޮސް އެއްފަހަރާ ދެކަމު ހާޖަތަށްދެވިގެން އުޅޭވާހަކައެވެ. ހާޖަތަށް ދިއުމުގައި ހަރުކަމެއް ހުރެ، ތާށިވެގެން އުޅޭވާހަކައެވެ. ދަންނަވަންތޯއެވެ. ފެއިލްވެފައި ތިބި މީހުން ވަރަށް ރަނގަޅަށް އަޅުގަނޑުމެންނަށް އިގެއެވެ. "ޔޫވީ" ޓީމުގައި ހިމެނިގެން ތިޔަވަނީވެސް ހަމަ ތިޔަބޭފުޅުން މިހާރު ތިޔަ ވިދާޅުވާ ޖަމިއްޔާ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާ މީހުންނެވެ. ފެއިލްވެފައި ތިބީ ޖަމިއްޔާ ހިންގުމަށް މިހާރު އިސްނަގައިގެން އުޅޭ ޒުވާން ޖީލެއް ނޫނެވެ. ތިޔައޮތީ ވަރަށްބޮޑަށް އޮޅިވަޑައިގެންފައެވެ. ޖަމިއްޔާގެ ކިތާބުތައް ހިރަފުސްފޮޅާ ރަނގަޅަށް މުޠާލިއާކޮށްލާށެވެ. ފެއިލްވެފައި ތިބިބަޔަކީ ކޮންބައެއްކަން ވަރަށް ސާފުކޮށް އެނގެންހުންނާނެވެ. ލިސްޓްގެ ކުރީސަފުގައި ތިޔަ "ޔޫވީ" ޓީމުގެ މީހުން ހިމެނޭނެއެވެ. ކަންބޮޑުވެ ނުލައްވާށެވެ. ތިޔަބޭފުޅުންގެ ފެއިލްވި ހިންގުންތެރިކަން ޒުވާންޖީލު ބަލައެއްނުގަނެއެވެ. އަދި ދަންނަވަންތޯއެވެ. ކުރިމަގަށްޓަކައި ރާވާ ޕްލޭން ތަކަކީ އެކަންކަމުން ޢިބުރަތްލިބިގަނެ ތައްޔާރުކުރާ ޕްލޭންތަކެވެ. އެހެންކަމުން ދަންނަވާލަން އޮތީ ވަރަށް ކުޑަ ވާހަކައެކެވެ. ފަޅޮލާއި ގެރިކިރުގެ އުދާސްތައް އަދި "ޔޫވީ" ޓީމަށް އުނގަންނައިދޭނެވެ. ކޮންބައެއްތޯއެވެ؟ ޖަމިއްޔާގެ ހިންގުންތެރީންނެވެ. ކެތްކޮށްލައްވާށެވެ. އަދި ތިއުޅެވެނީ މާއަވަސްއަރުވާލައިގެންނެވެ.
ކުރެވުނު ދިރާސާއާއި، ތަޙުޤީޤުކުރެއްވުމަށްޓަކައި "ޔޫވީ" ޓީމުން ތިޔަ ކުރެއްވި ބުރަ މަސައްކަތަށްޓަކައި އައްސަރިބަހާ ސާބަހެވެ. ފަށްފަށުން ޝުކުރެވެ. ރައްޔިތުންނަށްޓަކައި ތެދު ޚަބަރެއް ގެނެސްދިނުމުގެ ނިޔަތް އެކަމުގައި އެކުލެވިގެންވާނަމަ ހާދާހާވާ އުފާކުރަމެވެ. އެހަނަސް ކުރެވުނު ދިރާސާއާއި ކުރެވުނު ތަހުޤީޤުގެ އަލީގައި ތިޔަ ތައްޔާރު ކުރެއްވުނީ ފަޅޮލާއި ގެރިކިރުން ހާޖަތަށް ދިއުމުގެ ފަސޭހަކަމާއި ބެހޭ ރިޕޯޓެއް ދެއްތޮއެވެ. ރަނގަޅެވެ. "ޔޫވީ" ޓީމަށް ބިރުންގޮސް ހާޖަތަށް ދިއުމުގައި ދަތިވެގެން އުޅުން ދަތިކަން ދިރާސާއި ތަހުޤީޤުން ސާފުވެއްޖެތާއެވެ. އުފާކުރުން ހުއްޓެވެ. ފަހެ ދިލަކަންވެސް ފިލާހިނގައްޖެތާއެވެ.
ރައްކާވެތިބިއްޔާ ދަތުރެވެ. ބުނާއަޑު އަހަންތޯއެވެ. ޖަމިއްޔާ ކުރިއެރުވުމަށްޓަކައި ޖަމިއްޔާއާ ހަވާލުވާ ޒުވާންޖީލު ކުޅެމުންދާނީ މުޅީންވެސް ގޭމެވެ. މޮޅެތި ކުޅިވަރެވެ. ރާވަމުންދާނީ އޮއްޓަރުހުރި ޕްލޭންތަކެވެ. ނަތީޖާ އިރާދަކުރެއްވިއްޔާ ވަރަށްވެސް ފޮނިވާނެއެވެ. ޕްލޭނާއި އެއްގޮތަށް ކުޅެމުންދާ ގޭމްތަކާއި ކުޅިވަރުތައް ކުޅެމުންދާނީ ފިސާރިކެރިގެން ހުނަރުވެރިކަމާއެކީއެވެ. "ޔޫވީ" ޓީމުން މަންޒަރު ބަލަންތިބުން އައުލާކަން ބޮޑުވެގެންވެއެވެ. ދަންނަވަންތޯއެވެ. ޒުވާންޖީލު ޖަމިއްޔާއާއި ޙަވާލުވުމަށްފަހު ބޮޑުވަމުންދާނީ ޚަޒާންދާރުގެ ވޮލެޓެއްނޫނެވެ. ފުޅާވެގެންދާނީ ޖަމިއްޔާގެ މާލިއްޔަތެވެ. ބޮޑުވާނީ ޖަމިއްޔާގެ ތިޖޫރިއެވެ. ފައިދާވަމުންދާނީ ކަނޑީތީމުގެ ރައްޔިތުންނަށާއި ތިޔަ "ޔޫވީ" ޓީމަށެވެ.
މަޢުލޫމާތަށްޓަކައި އިތުރަށް ދަންނަވާލަމެވެ. ނަމުން ބްލޮގް ހަދައިގެން ރައްޔިތުންނަށް އޮޅުވާލުމަށް "ޔޫވީ" ޓީމުން ތިޔަ ކުރައްވާ މަސައްކަތަކީ ބޭކާރު މަސައްކަތެކެވެ. ކަނޑީތީމުގެ ޒުވާންޖީލު ކީއްތޯއެވެ. ކަނޑީތީމުގެ މުޅި ރައްޔިތުންންވެސް ތިބީ ޒަމާނަށް ލޯހުޅުވި ނުހަނު ސާބިތުކަންމަތީގައެވެ. ނުގުޑާފަދަ ވަރުގަދަ ޢަޒުމެއްގައެވެ. އެހެނީ ތިޔަފަދަ ލިޔުމަކުން އަޅުގަނޑުމެންނަށްކުރާނެ އަސަރަކީ ގައިން އިސްތަށްޓެއް މަދުވީމާ ކުރާނެ އަސަރެވެ. ކަހަރުވަކެކޭވެސް ހީނުވާނެއެވެ.
