އޮފްޕޮއިންޓް ފުޓްސަލް ޗެލްންޖް 2009
ފޮޓޯ : http://kandioffpoint.blogspot.com
އޮފްޕޮއިންޓުން އިސްނަގައިގެން މިއަހަރުގެ އުފާވެރި އަޟްޙާ ޢީދުގެ ބަންދުުގައި "އޮފް ޕޮއިންޓް ފުޓްސަލް ޗެލެންޖް" ގެ ނަމުގައި ފުޓްސަލް މުބާރާތެއް ބޭއްވުމަށްޓަކައި ޙަރަކާތްތަކެއް ކުރިއަށް އެބަދެއެވެ. މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލިފުރުސަތުގައި 6 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވީނަމަވެސް މުބާރާތުގައި ބައިވެރިވެފައިވަނީ 5 ފަރާތުން ކަމަށް އޮފް ޕޮއިންޓުން ހާމަކުރެއެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަފައިވަނީ 22 ނޮވެމްބަރު ގެ ނިޔަލަށެވެ.
މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ މެދުގައި ގުރުއަތުލުން ނެގުމުގެ ތައްޔާރީތައް ވަމުންދާކަމަށާއި ތާރީޚާއި ގަޑިތައް ޔަޤީކުރެވުމުން ބައިވެރިވާ ޓީމު ތަކަށް އެންގޭނެކަމަށް މުބާރާތާބެހޭގޮތުން އޮފް ޕޮއިންޓްގެ ބްލޮގްގައި ޝާޢިޢު ކޮށްފައިވާ ލިޔުމުގައިވެއެވެ. ނޮވެމްބަރު މަހުގެ 26 ވަަނަ ދުވަހު މުބާރާތް ފެށޭނެކަމަށް އެފަރާތުން ވަނީ އިޢުލާނުކޮށްފައެވެ.
މުބާރާތް ފެެށުމުގެ ކުރިން ފުޓްސަލް ކޯޗިން ކޭމްޕެއް އޮފްޕޮއިންޓުން ވަނީ ފަށާފައެވެ. އަދި މާދަމާގެ ނިޔަލަށް ކޯޗިންގ ކޭމްޕް ކުރިއަށްދާނެ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މި ކޯޗިންގ ކޭމްޕަށް އުއްމީދުކުރިވަރަށްވުރެ އިތުރަށް ތަރުޙީބުލިބިފައިވާކަމަށާއި ކޯޗިންގ ކޭމްޕް ވަރަށް ކާމިޔާބުކަމަށް އޮފްޕޮއިންޓުން މަޢުލޫމާތުދެއެވެ.

No comments:
Post a Comment