އޮފް ޕޮއިންޓް ފުޓްސަލް ޗެލެންޖް 2009 ގެ ތަށި ފީނިން އުފުލާލައިފި
ކަނޑިތީމުގައި ފުރަތަމަ ބޭއްވި ފުޓްސަލް މުބާރާތް ކަމަށްވާ "އޮފް ޕޮއިންޓް ފުޓްސަލް ޗެލެންޖް 2009" ގެ ތަށި ފީނިން އުފުލާލައިފިއެވެ. ފީނީން މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ "ދަ ބިގް" އާ ވާދަކޮށް ވަރަށް ފަސޭހަ ކަމާއެކީ 6 ގޯލް ޖަހައިގެންނެވެ. "ދަ ބިގް" އަށް ޖެހިފައިވަނީ އެންމެ ގޯލެކެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަކަށް ހޮވިފައިވަނީ "ދަ ބިގް"ގެ ސަނޫނެވެ. ސަނޫންވަނީ މުޅި މުބާރާތުގައި 14 ގޯލް ޓީމަށް ޖަހާދީފައެވެ. މުބާރާތުގެ އެންމެ މޮޅު ފަސްކުޅުންތެރިންގެ ޖާގަ "ދަ ބިގް" ގެ ތިން ކުޅުންތެރިއަކު ވަނީ ހޯދާފައެވެ. އެއީ ސަނޫން، އަޙުމަދު އަޖީބް، އަދި މުޙައްމަދު ޝިފާޢުއެވެ. ފީނީގެ ދެ ކުޅުންތެރިއަކުވެސް ވަނީ މި ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނިފައެވެ. އެއީ މުޙައްމަދު މުއްތަސިމް، އަދި މުޙައްމަދު ރަޝީދެވެ. މުޅި މުބާރުތުން އެންމެ އަޚުލާޤީ ގޮތުން ރަނގަޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ "ގަޓަރި" ޓީމުގެ މުޙައްމަދު ޝަރީފެވެ.

No comments:
Post a Comment