13 ރަށަކުން އެޗް1 އެން1 ވައިރަސް އުޅޭކަން ކަށަވަރުވެފައިވާއިރު ށ. ގޮއިދޫ ހިމެނޭ
ރާއްޖޭގެ 11 އަތޮޅެއްގެ 13 ރަށަކުން "އެޗް1 އެން1" ވައިރަސް އުޅޭކަން ހެލްތް މިނިސްޓްރީއިން ކަށަވަރުކޮސްދީފައިވާއިރު ށ. ގޮއިދޫ ވަނީ ހިމެނިފައެވެ. ށ. ގޮއިދޫ އިން 5 މީހުން "އިންފްލުއެޒާ އޭ" އަށް ޕޮޒިޓިވް ވެފައިވާކަމަށް ހެލްތް މިނިސްޓްރީގެ ރިޕޯރޓްތައް ބުނެއެވެ. އަދި 25 މީހަކަށް އޫރު ރޯގާ ޖެހިފައިވާކަން މިހާރުވަނީ ޔަޤީންވެފައެވެ.
ސެންޓަރ ފޯ ކޮމިއުނިޓީ ހެލްތް އެންޑް ޑިޒީސް ކޮންޓްރޯލްގެ ސީނިއަރ މެޑިކަލް އޮފިސަރ ވިދާޅުވެފައިވަނީ އަރުދަފުސް ރޯގާ ޖެހިފައިވާ މީހުންނަކީ "އެޗް1 އެން1" ގެ މީހުންކަމަށް ބެލެވިދާނެކަމަށާއި އަދި "އިންފްލުއެޒާ އޭ" އަށް ޕޮޒިޓިވް ވެފައިވާ މީހުންނަކީ އޫރު ރޯގާ ޖެހިފައިވާ މީހުން ކަމަށް ބެލެވިދާނެކަމަށެވެ. އަދި މިހާރުވެސް ވަރަށް ބާރަށް ވައިރަސް ފެތުރެމުންދާކަމަށް ވިދާޅުވިއެވެ.
ހެލްތް މިނިސްޓްރީގެ ނައިބު ޑރ. އިބްރާހިމް ޔާސިރު ވިދާޅުވީ ސްވައިން ފްލޫ ފެތުރެމުންދާ މިންވަރު ވީހާވެސް ކުޑަކުރުމަށް މިހާރުވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ގިނަ ބަޔަކަށް އެއްފަހަރާ ޖެހިއްޖެނަމަ ސިއްޙީ ޚިދުމަތްދޭ މަރުކަޒުތަކަށް ވަރަށް ބާރު ބޮޑުވެގެންދާނަކަމަށްވެސް ވިދާޅުވިއެވެ. އަދި އަރިދަފުސް ރޯގާ ޖެހިފައިވިޔަސް ނުވަތަ އެ ބަލި ޖެހިފައިވިޔަސް މާސްކެއް އަޅައިގެންނަމަވެސް ބޭރަށް ނިކުމެ އުޅުމަކީ އެ މިނިސްޓްރީން ތަރުޙީބުދޭނެ ކަމެއް ނޫންކަމަށާއި ބަލި ނުޖެހޭ މީހުންވެސް ގިނަމީހުން އެއްވެ އުޅޭ ތަންތަނަށް ނުނިކުތުމަށް އެ މިނިސްޓްރީއިން އިލްތިމާސްކުރެއެވެ
No comments:
Post a Comment