ފަޅުގެ ސާފުތާޙިރުކަމާމެދު ސަމާލުވާންޖެހޭ
ކަނޑިތީމަކީ ކޮންމެ ދުވަހަކުހެން ކައިރި ރަށްރަށުގެ އެތައް ރައްޔިތުންނެއް އެކި ކަންކަމުގައި ޒިޔާރަތް ކުރާ ރަށެކެވެ. ޒިޔާރަތްކުރާ މެޙެމާނުންނަށް އެންމެ ފުރަތަމަވެސް ފެންނާނި ރަށުގެ ފަޅެވެ. އެހެންކަމުން ރަށުގެ ރީތިކަން ދެމެހެއްޓުމުގައި ފަޅުގެ ސާފުޠާޙިރުކަން ދެމެހެއްޓުމަކީ ވަރަށް މުޙިއްމު ކަމެކެވެ. މަލަމަތި ކިތަންމެ ޗާލުވެފައި ރީތިވިޔަސް ފަޅުގައި ކުނިބުނި ގިނަވެފައި އޮތުމަކުން އެ ޗާލުކަން އެންމެ ފުރިހަމަ ގޮތުގައި ފެނިގެންނުދާނޭކަން ޔަޤީނެވެ.
ކަނޑީތީމުގެ ރައްޔިތުންނަކީ ކަންކަމުގައި ހީވާގި އަދި އެހާމެ މުރާލި ބަޔަކަށް ވީހިނދު، މިފަދަ ނޭދޭވެ ޢަމަލުތައް ފެންނަނީނަމަ މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. ހުތުރު ނަމެއް، އަދި ރަށުގެ ނަމަށް އިތުރު ކިލަނބުކަމެއް ވެރިވެގެންދާނޭ ކަމެއްވެސްމެއެވެ. އެހެންކަމުން ކޮންމެބަޔަކު ކުރިކަމުގައި ވިޔަސްވެސް މި ނޭދެވޭ ޢަމަލަކީ ލިބިގެންދާ ހުތުރުނަމެއްގެ އިތުރުން ފަޅުގައި އުޅޭ މަސްމަހާމެއްސާއި މުރަކަތަކަށް ވަރަށްވެސް ނުރައްކާތެރި ކަމެކެވެ. އަދި އެ މުރަކަތަކުގެ ރީތިކަން އަޅުގަނޑުމެންގެ ޖީލުތަކަށް ފޯރުވުމުގައި ދަތިތަކާއި ކުރިމަތިލާންޖެހޭނޭކަމެކެވެ.
ތިމާވެށީގެ ވާހަކަ މުޅި ދުނިޔޭގައި ބާރު އަޑެއްގެ ގޮތުގައި ދެކެވެމުންދާ ދުވަސްވަރެއްގައި މިފަދަ ކަންކަމާ އަޅުގަނޑުމެންވެސް ފަރުދީވިސްނުމަކުން ވިސްނައި އެދޭވޭ ޙައްލު ގެނައުމުގެ ޒިންމާ ނަގައިގެން ތިމާވެއްޓާއި މުޖުމަޢުގެ ރައްކާތެރިކަމަށް ޙައްލެއް ގެނައުމުގައި ކިތަންމެ ކުޑަ ނަމަވެސް މަސައްކަތެއްކޮށްލުމަކީ އަޅުގަނޑުމެންގެ އެންމެގެވެސް ވާޖިބެކެވެ. މިފަދަ މުޖުތަމަޢަށް ލާބަ ހުރި ކަންކަމުގައި އެންމެހާ ރައްޔިތުންވެސް އެއްބާރުލުންދީ މިފަދަ ނޭދޭވޭ އަދި ބޭއަދަބީ ޢަމަލުތައް ކުރާބަޔަކު އެކަންކަމުން އެއްކިބާ ކުރުމުގައި ހެޔޮ ވިސްނުމަކުން ވިސްނައި ޢަމަލު އިސްކުރުމަކީ މުޅި މުޖުތަމައަށް ނުހަނު ފައިދާ ހުރިކަމެކެވެ.

This comment has been removed by the author.
ReplyDelete